ދިވެހިރާއްޖޭގެ
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން 'އެ ސިޓީ'
ދިރާސާކުރެއްވިކަން އަންގަވައިފިއެވެ.
އަހަރުމެންނަކީ
ދިވެހީންނެވެ.
ދެހާހުގެ
އަހަރުތައް ގުނަންފެށުނުފަހުން ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތްތަކާއިމެދު
ފުންނަޒަރަކުން ވިސްނެން ފެށުމުން، ގައުމީ މުހިންމު މައްސަލަތައް ވަގުތުން ހައްލު
ނުކުރެވޭތަން ފެނުމުން މުއައްސަސާތަކުގެ އޮނިގަނޑުތައް އަދި ހިންގުން ބަލިކަށިވެފައިވާ
ކަމަށް ޤަބޫލުކުރެވުނެވެ. ބަލަބަލާހުއްޓާ ހަލަބޮލިކަމެއްގެތެރޭގައި 'ހައްޤަށް
ތަންނުދީ ބާތިލު' ދުވެލި ހޯދަމުން ކުރިއަށް ދުއްވައިގަތްތަން ފެންނަންފެއްޓިއެވެ. ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކާއި ސިޔާސީ
ޕާޓީތަކުން އިންގިލާބީ އިސްލާހީ އުސޫލުތައް ހުށަހަޅަމުންދިޔައެވެ. ވަކިވަކި ފަސް
އަހަރުގެ މުއްދަތުތަކެއްގެ ތެރޭގައި މައްސަލަތަށް ހައްލުކުރުމުގެ ފުރުސަތު ލިބުނު
ފަރާތްތަކަށްވެސް ކާމިޔާބެއް ނުލިބުނެވެ. ކޮޅެއް މެދެއް ނޭނގޭހާވަރަށް މައްސަލަތައް ދިޔައީ
އޮޅުންބޮޅުންވަމުންނެވެ.
2011 ވަނަ އަހަރާއިހަމައިން (ކުރިން
ލަފާނުކުރެވިވާ ހާލަތްތަކެއްގެ ސަބަބުން) 'ބާތިލު ގޮތްތަކާއި' ދެކޮޅު ހަދަން
ފެށީމެވެ. ފުރަތަމަ ފިޔަވަޅަކީ ސީޑީއެއްގައި ސޭވްކޮށްފައިވާ އެޓޭޗްމަންޓްތަކާއެކު
ހައިޕަރލިންކް ކޮށްފައިވާ ސިޓީއެކެވެ، (Letter 123). އެޔަށްފަހު
ކުރެވުނު ކަންތައްތަކުގެ ތެރޭގައި ސިޓީތަކާއި އީމެއިލްތަކާއި އަދި ކަންކަމާއިބެހޭ
ވުޒާރާތަކުގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މުޢާމަލާތްތައް ކުރެވުނެވެ.
ހަނދާން
އާކޮއްލުމަށްޓަކައި ...
1)
Letter 123
4)
HE PoM - MH1
5)
HE PoM - MH2
6)
HE PoM - MH3
7)
OTJ - complaints_application_form_ - Apply
9)
Ilthimaas Min IA (AAA) -1 (email)
10)
MIA Reply - Ilthimaas Min IA (AAA) -1 (email)
12)
Ilthimaas RM - QS Comitee 01 ('އެ ސިޓީ')

(ސިޓީތެރޭގައި
އެކުލެވިގެންވާ ލިންކުތަށް)
ބައްޕަގެ
ވަސިއްޔަތް - Father's
Will - V1
ބައްޕަ
އާއިއެކު ވަގުތުކޮޅެއް - FW - Follow up 01
ބައްޕަ
އާއިއެކު ވަގުތުކޮޅެއް - FW - Follow up 02
ބައްޕަ
އާއިއެކު ވަގުތުކޮޅެއް - FW - Follow up 03
މަތީގައިއެވާ
އެންމެހާ މުއައްސަސާ ތަކުގެތެރެއިން އަހަރެންނަށް ލިބިފައިވަނީ ހަމައެންމެ ޖަވާބެކެވެ.
މިހާތަނުން އަހަރެންގެ ޡަމީރު ބުނަނީ އެ ޖަވާބު ހާމަކުރުމަށެވެ.
ރައްޔިތުންގެ
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން 'އެ ސިޓީ' ދިރާސާކުރެއްވިކަން
އެންގެވުން
އަމިއްލަ
މީހުން ފޮނުވާ ސިޓީގެ ޖަވާބު، ނަމްބަރު: 57-F/SKH/MIS/2024/633
'އެ ސިޓީ (Ilthimaas RM - QS Comitee 01)' ފޮނުވި ދުވަހުން ފެށިގެން
ލިބެންވާފަރާތަށް ވާސިލުވުމަށް 242 ދުވަސް ހޭދަވި އެވެ. އެއްވެސް އިޝާރާތެއްވުމަށް
862 ދުވަސް ހޭދަވި އެވެ. ޖަވާބެއްގެ ގޮތުގައި ސިޓީއެއް ލިބިއްޖެއެވެ. އެހެންކަމުން
މިއަދުގެ ނިޔަލަށް 1652 ދުވަސް ވުމަކުން އެކަން ހާމަކުރަން ލަސްވެއްޖެއެކޭ
އިހުސާސެއް ނުކުރެވެއެވެ. 😊

%20SKH%20-%20CopyZ.jpg)
