"ކުރިއަށް އޮތް 3 ދުވަހު
އުދަ އެރުން އެކަށީގެންވޭ: މެޓް
ކުރިއަށް އޮތް ތިން ދުވަހު އުދަ އަރައިފާނެތީ އެކަމަށް
އާއްމުން ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އުދައިގެ އަސަރު ކޮށްފާނެކަމަށް ލަފާ ކުރެވޭތީ، އާއްމުން އެކަމަށް ތައްޔާރުވެތިބުމަށް އެދޭ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، އުދަ އަރާނެ ކަމަށް ލަފާ ކުރެވެނީ ކޮންމެ ދުވަހެއްގެ ދިޔަވަރު ބޮޑުވާ ވަގުތުކަމަށްވާ މެންދުރު 12 އާއި، ދަންވަރު 12 އާ ދެމެދުގައިކަމަށެވެ. އެގަޑިއަކީ މި ދުވަސްވަރު އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާ ގަޑިތައް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އުދައިގެ އަސަރު ކޮށްފާނެކަމަށް ލަފާ ކުރެވޭތީ، އާއްމުން އެކަމަށް ތައްޔާރުވެތިބުމަށް އެދޭ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، އުދަ އަރާނެ ކަމަށް ލަފާ ކުރެވެނީ ކޮންމެ ދުވަހެއްގެ ދިޔަވަރު ބޮޑުވާ ވަގުތުކަމަށްވާ މެންދުރު 12 އާއި، ދަންވަރު 12 އާ ދެމެދުގައިކަމަށެވެ. އެގަޑިއަކީ މި ދުވަސްވަރު އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާ ގަޑިތައް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ދިޔަވަރު ހުންނާނެ ކަމަށް ލަފާ ކުރެވެނީ މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަކަމަށާއި، މާލެއަށް
އުދައިގެ އަސަރު ކުރާނެ ކަމަށް އެންމެ ބޮޑަށް ލަފާ ކުރެވޭނީ މާލޭ އިރުމަތީ
ފަރާތުން ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.
ރާއްޖޭގެ ބިންތިރި، އާންމުކޮށް އުދަ އަރާ ރަށްތަކަށްވެސް އުދައިގެ އަސަރު ކުރުންއެކަށީގެންވާތީ، އާންމު ރައްޔިތުން ސަމާލުވެ ތިބުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާދެއްވައެވެ." https://raajje.mv/64185
ރާއްޖޭގެ ބިންތިރި، އާންމުކޮށް އުދަ އަރާ ރަށްތަކަށްވެސް އުދައިގެ އަސަރު ކުރުންއެކަށީގެންވާތީ، އާންމު ރައްޔިތުން ސަމާލުވެ ތިބުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާދެއްވައެވެ." https://raajje.mv/64185
މިވާއެއްޗެއް ގެޓްވޭތޯ؟
މި ދުވަސްކޮޅު
ގައި (ހަނދުމަހުގެ ފަހުކޮޅު/ ފެށޭކޮޅު) 'އިރާއި' 'ހަނދު' އެއްމިސްރާބަކަށް
އަރާހަމަވަނީއެވެ. އަދި މާތް اللَّهގެ
މިންވަރުފުޅުން 'ކެތި' https://en.wikipedia.org/wiki/Pleiades ވެސް މި ދުވަސްކޮޅު އަރަނީ ދާދި އެއްދިމާލަކުންނެވެ.
'ކެތި' އަކީ
ދިޔަވަރަށް ބާރުފޯރުވާ ތަރިބޮނޑި ތަކެއް ކަމަށް ދިވެހި މުސްކުޅިވެރިންނާއި ކަނޑު
ދަތުރުފަތުރުކަމުއުޅުއްވާ އިސް މާލިމީން ނާއި ކެޔޮޅުން ބުނަމުން އާދެއެވެ.
ނަމަވެސް ސައިންޓިސްޓުން މިކަމަކާއެހާ ގަޔާވާކަމަކަށް ނުފެނެއެވެ. ވަކިމީހަކު /
ވަކި ބަޔަކު ގަޔާ ނުވުމަކީ މާތް اللَّهގެ ކިބަފުޅަށް މާމުހިންމުކަމަކަށްނުވާނެ ދެއްތޯ؟ އެކަމެއް
ނިންމަވާފައިވާގޮތަކަށް އެކަމެއް ހިންމަވާނެ ދެއްތޯ؟ 'އިރާއި' 'ހަނދު' އަދި 'ކެތި' އެއްމިސްރާބަކަށް
އަރާހަމަވުމަކީ ކިހާވަރެއްގެ ކަމެއްކަން ވިސްނިވަޑައިގަނޭތޯއެވެ؟ ކިތަންމެ
ބިޒީކޮން އުޅުއްވިޔަސް މާލޭގެ އުތުރުފަރާތުގެ އެއްގަމުތޮށި ކައިރިއައް
މިދުވަސްކޮޅު ޖައްސާލާނެވަގުތުކޮޅެއް ލިބިއްޖިއްޔާ މިކިޔަންއުޅޭއެއްޗެއް
ފަސޭހައިން ވިސްނިވަޑައިގެންފާނެއެވެ! ކަނޑުގެ ލޮނުގަނޑުގެ އުސްމިން (އިއްޔެވެސް
ހުރީ) ހުންނަނީ 'ކުރުމުށެއް' (18" އިންޗި) ހާވަރު، އެއްގަމަށް ނާރާ! ވިސްނިވަޑައިގެންފި ދެއްތޯ މިދައްކަން އުޅޭވާހަކައެއް؟
15 ޖުލައި 2003
ވަނަދުވަހު ދެކުނުގެ ހަތަރު އަތޮޅެއްގެ ހުރިހާޢިމާރާތްތަކެއް ތަޅުވައިގަތްކަން
ހަނދުމަފުޅުއެބަހުރިތޯ؟ ގައިމުވެސް 26 ޑިސެމްބަރ 2004 ދުވަހު 'ސުނާމީ' އެއް މި ދިވެހިރާއްޖެއަށްވެސް
އެރިކަމާއި، 'ސުނާމީ'އަކީ އިންޑޮނޭސިއާއިން ރާއްޖެއަންނަންފުރި 'މީހަކަށްކިޔާ
ނަމެއްނޫންކަން' މިހާރު ހުރިހާ ދިވެހިންނަށްވެސް ގެޓްވެދާނެކަމަށް
ޤަބޫލުކުރެވެއެވެ.
15 ޖުލައި 2003 ދުވަހު އައްޑު އަތޮޅުގެ ބައެއްރައްތަކުގެ
ގޭގޭގެ ފާރުތަކުގައި ރެނދުއެޅި ކަމަށާއި ބަނބުކެޔޮގަހެއްވެސް ވެއްޓުނުކަމަށް
ނޫހަކުން ކިޔުނުކަމަށް ހަނދާންއެބަވެއެވެ. އެކަންކަން އެގޮތައްއެވީ ކިހިނަކުންކަން
އަޅުގަނޑަށްވެސް ގެޓްވީ މާފަހުންނެވެ. ސަބަކަށްވީ 2007 ރަމަޒާން މަހުގެ މުލަރޯދަދުވަހުގެ
ކުރީދުވަހު "އަނެއްކާސުނާމީ އިންޒާރު ދީފިޔޭ" ގޮވަމުން ދިވެހިންގެބަޔަކު
(މައްކާގެ ހަރަމްފުޅު ސަރަހައްދުގައި) "އަވަހަށް މާލެއަށް ގުޅަންވިއްޔޭ"
ކިޔައިގެން އުޅުނުއަޑު އިވިގެންނެވެ. އޭގެ މާފަހުންދުވަހަކު، އެއްކަލަ ހަނދާންވެގެން
އެދުވަހު 'އެ ވީ އެއްޗެއް' ބަލާހިތުން ހޯދަންފެށިތަނާއެނގެންފެށި މަޢުލޫމާތުތަކަކުން
ގެޓްވީއެވެ! 15 ޖުލައި 2003 ދުވަހު ވީގޮތެއްކަމަށް އެނގުނީ 'ކާލްސްބާގް ރިޖް' އޭ
ކިޔާ 'ބިންހެލޭ' ތަނަކުން ބިންގަނޑު ހެލިގަތީއެވެ!
'ކާލްސްބާގް ރިޖް'
'ކާލްސްބާގް ރިޖް' އޭ ކިޔަންފެށީމަ ބައެއް ބޭބޭފުޅުން
ޚާއްސަކޮން ރިސޯޓު އޯނަރުން، ޓްރެވަލް ކުންފި އޯނަރުން، ގެސްޓު ހައުސް އޯނަރުން
އަދި ޓުއަރިޒަމަށްވާގިދޭ ބޭބޭފުޅުންގެ ތެރެއިން ވެސް ބައެއް ބޭބޭފުޅުން
ހީފުޅުވެސްކުރައްވަފާނެތޯއްޗެކެވެ، މިއުޅެނީ 'ބިޔަރުދަޅެއްގެ މަތި ކަނޑާލީމަ
އެތެރެފެންނަގޮތުގެ ވާހަކައެއް' ކިޔާދޭންހެން! އެއްގޮތަކަށްވެސް އެހެންނަކުން
ނޫނެވެ! މިއުޅެނީ ހުކުރުދުވަހެއްގެ ހެނދުނު ވަގުތުވީމަ ކުރެވޭކަމަކުންވިޔަސް
ފަހުދުވަގުގެ (ހިސާބު ބައްލަވާ ދުވަހުގެ) ކަނާތްފަރާތު ފޮތައް ބަރުވޭތޯ
އެދިގެންނެވެ.
ކޮންމެއަކަސް 'ކާލްސްބާގް
ރިޖް'އޭ ކިޔާ ބިންހެލޭތަނަކީ މި ދިވެހިރާއްޖެޔާއި ދުރުތަނެއްނުނެވެ!
އިންޑޮނީޝިޔާގެ ސުމާތުރާ ހިސާބުން ބިންހެލުމެއް އަތުވެއްޖެޔޭ ބުނާއަޑު އިވޭއިރަށް
ގައިން ހީބިހިނަގާވަރަށްވުރެ ބޮޑަށް ހީބިހިނަގައިގަންނަވަރުގެ ތަނެކެވެ! ސަބަބަކީ:
15 ޖުލައި 2003 ދުވަހު 'ކާލްސްބާގް ރިޖް' އަށް އައި 7.6 މެގްނިޓިއުޑްގެ
ބިންހެލުމާއިގުޅިގެން ދިރާސާތަކެއްކުރަމުންދިޔަ އެކަމުގެ ޢިލްމުގެ ބަޔަކު ލިޔެފައި
އޮތް ލިޔުމެއް ކީމެވެ. އޭގައި އޮތެވެ، "އެދުވަހު (15 ޖުލައި 2003 ދުވަހު)
އެއީ ސުނާމީއެއް އުފެދޭ ޒާތުގެ ބިންހެލުމެއްކަމުގައި ވީނަމަ 'އިންޑިޔާގެ
ބޮމްބޭ' އާއި 'ޕާކިސްތާނުގެ ކަރާޗީ'ގެ އައްސޭރިފަށް ރަނގަޅަށް ދޮވެލީހެވެ."
ވަރަށް ރަނގަޅަށް ކީމެވެ، 'ދިވެހިރާއްޖެއެކޭ' އެ ލިޔުމަކު ނެތެވެ! އެހެނަސް
އިންޑިޔާކަނޑުގެ ޗާޓު ރަނގަޅަށް ބައްލަވާލައްވައިފިނަމަ 'ކާލްސްބާގް ރިޖް'އިން
އުފެދޭ ސުނާމީއެއް ('ބޮމްބޭ' އާއި 'ކަރާޗީ'ގެ އައްސޭރިފަށް ރަނގަޅަށް
ދޮވެލާވަރުގެ) ދާނީ ހިންދުކޮޅަކަށް 'ދިވެހިރާއްޖެ' މުޅި ދުނިޔޭގެ ޗާޓުން
ފޮހެލާފަކަން ޔަޤީންނުވާނީ ހަމަ 'ރަނގަޅު މޮޔައަކަށެއް' ނޫންތޯ؟
ހިސާބުޖަހާލައިފިނަމަ ގިނަވެގެން 14 މިނެޓްތެރޭގައި ވާއެއްޗެއްވެ 'މި ރަންބިސްއަޅާ
ދިވެހިރާއްޖެ' ޢަރަޤުވެ ޗާޓުންވެސް ފޮހެވިދާނެތޯއްޗެކެވެ! "އޭ އަނެއްކާ މީ
އެހެން ލިޔުނުއެއްޗެއް ނޫނޭ އިނގޭތޯ!" އެކަމަކު ދެރަވަނީ 'މި ދިވެހިރާއްޖޭ'ގެ
ވެރިން (ޚާއްސަކޮން މާތް اللَّهގެ ނަންފުޅުގަންދީ
ހުވާތަކެއްކުރައްވައިގެންތިއްބެވި ބޭބޭފުޅުން) މާތް اللَّهގެ ކަލާމް ފުޅު، ކީރިތި قرآن ގައި އަންގަވާފައިވާ ކަންތައްތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ،
(ގޮތަކަށް) އެ ފޮތް ބޯމަތިން ދުއްވާލާތީއެވެ!
މިހެންބުނާނެ
ޖާގައެއްނެތްތޯއެވެ؟
"اللَّه ގެ
މިސްކިތްތަކުގައި އެކަލާނގެ اسم ފުޅު
ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) خراب ކުރުމަށް
މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟
އެއުރެން ބިރުންތިބޭ حال ގައި މެނުވީ، އެތަންތަނަށް
ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ
ނިކަމެތިކަމެވެ. އަދި آخرة ގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ
عذاب އެވެ." http://www.quran.mv/#!/2/114
ސުވާލު: (މިހާރަކަށްއައިސް) ނަމާދުގައި، ސޫރަތުލް ފާތިޙާ ގެ ފުރަތަމަ އާޔަތް އިމާމުމީހާ ކިޔަވާއަޑު އިވޭތޯއެވެ؟
'اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ اسم ފުޅު ނަންގަތުން' ހުއްޓަވާލެއްވީތޯއެވެ؟
"رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ" ދުލުން ބުނުމުން ދުރުވެގަންނަވަނީތޯ؟
ޝައުޤުވެރިކަން ހުރިނަމަ އިތުރަށް ބައްލަވައިގެން ތިބޭފުޅާއަށްވެސް އެނގިވަޑައިގަތްއެއްޗެއް ހިއްސާކޮއްލެއްވުން އެދެމެވެ.
The Carlsberg Ridge (CR) in the northwest Indian Ocean
https://www.hassanhameed.com/science/the-science-of-tides/
ReplyDelete