Sunday, July 19, 2026

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން 'އެ ސިޓީ' ދިރާސާކުރެއްވިކަން އަންގަވައިފިއެވެ.

އަހަރުމެންނަކީ ދިވެހީންނެވެ. 

ދެހާހުގެ މެދުތެރޭ އަހަރުތަކެވެ. ޢުމުރުން ސާޅީސްވެ ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތްތަކާއިމެދު ފުންނަޒަރަކުން ވިސްނެން ފެށުމުން، ގައުމީ މުހިންމު މައްސަލަތައް ވަގުތުން ހައްލު ނުކުރެވި މުއައްސަސާތަކުގެ އޮނިގަނޑު ބަލިކަށިވެފައިވާ ކަމަށް ފެނިއްޖެއެވެ. ބަލަބަލާހުއްޓާ ހަލަބޮލިކަމެއްގައި، 'ނުބައި ކަންކަމުގެ ދިޔަގަނޑު' ކުރިއަށް ދުއްވައިގަތީ ދުވެލި ހޯދަމުންނެވެ. ގިނަ ފަރުދުންނާއި ޖަމާއަތްތަކާއި ސިޔާސީ ޕާޓީތަކުން ވަނީ ދިހަޔަކުންގުނޭ އަހަރުތަކެއްގެ ތެރޭގައި އިންގިލާބީ އުސޫލުތައް ހުށަހަޅާފައެވެ. ވަކި މުއްދަތެއްގެ ތެރޭގައި ވަކި މައްސަލަތަކެއް ހައްލުކުރުމުގެ ފުރުސަތު ލިބުނު ފަރާތްތަކަށް ކާމިޔާބެއް ނުލިބުނެވެ.

2011 ވަނަ އަހަރާއިހަމައިން، ލަފާނުކުރެވުނު ހާލަތްތަކެއްގެ ސަބަބުން، 'ނުބައި ކަންކަމުގެ ދިޔަގަނޑާއި' ދެކޮޅު ހަދަން ފެށީމެވެ. ފުރަތަމަ ފިޔަވަޅަކީ ސީޑީއެއްގައި ސޭވްކޮށްފައިވާ އެޓޭޗްމަންޓްތަކާއެކު ހައިޕަރލިންކް ކޮށްފައިވާ ސިޓީއެކެވެ. ފޮލޯއަޕް އެކްޝަންތަކުގެ ތެރޭގައި ސިޓީތަކާއި އީމެއިލްތަކާއި މަތީ ލީޑަޝިޕާއެކު ބަހުގެ ޖަދަލުތައް ހިމެނެ އެވެ.

ހަނދާން ކޮއްލުމަށް ... 

  1. Letter 123
  2. Letter 123 - Reminder 2
  3. Letter 123 - Reminder 3
  4. HE PoM - MH1
  5. HE PoM - MH2
  6. HE PoM - MH3
  7. OTJ - complaints_application_form_ - Apply
  8. Ilthimaas - Min IA (AAA)
  9. Ilthimaas Min IA (AAA) -1 (email)
  10. Ilthimaas POM
  11. Ilthimaas RM - QS Comitee 01



މިތަނުގައި އަހަރެންގެ ޡަމީރު ބުނަނީ މަތީގައިއެވާ އެންމެހާ މުއައްސަސާ ތަކުގެތެރެއިން އަހަރެންނަށް ލިބިފައިވާ ހަމައެންމެ ޖަވާބެއް ހާމަކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން 'އެ ސިޓީ' ދިރާސާކުރެއްވިކަން އެންގެވުން

1.        M…… H.. U, G. A…….._633 (F) SKH

 

'އެ' ސިޓީ ފޮނުވި ދުވަހުން ފެށިގެން ލިބެންވާފަރާތަށް ވާސިލުވުމަށް 242 ދުވަސް ހޭދަވި އެވެ. އެއްވެސް އިޝާރާތެއްވުމަށް 862 ދުވަސް ހޭދަވި އެވެ. އެހެންކަމުން، މިއަދުގެ ނިޔަލަށް އެކަން ހާމަކުރަން 1652 ދުވަސް ވުމަކުން ލަސްވެއްޖެއެކޭ އަހަންނަށް އިހުސާސެއް ނުކުރެވެއެވެ. 😊