Friday, May 6, 2016

Sun, Moon & Pleiades




"ކުރިއަށް އޮތް 3 ދުވަހު އުދަ އެރުން އެކަށީގެންވޭ: މެޓް
ކުރިއަށް އޮތް ތިން ދުވަހު އުދަ އަރައިފާނެތީ އެކަމަށް އާއްމުން ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އުދައިގެ އަސަރު ކޮށްފާނެކަމަށް ލަފާ ކުރެވޭތީ، އާއްމުން އެކަމަށް ތައްޔާރުވެތިބުމަށް އެދޭ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، އުދަ އަރާނެ ކަމަށް ލަފާ ކުރެވެނީ ކޮންމެ ދުވަހެއްގެ ދިޔަވަރު ބޮޑުވާ ވަގުތުކަމަށްވާ މެންދުރު 12 އާއި، ދަންވަރު 12 އާ ދެމެދުގައިކަމަށެވެ. އެގަޑިއަކީ މި ދުވަސްވަރު އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާ ގަޑިތައް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ދިޔަވަރު ހުންނާނެ ކަމަށް ލަފާ ކުރެވެނީ މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަކަމަށާއި، މާލެއަށް އުދައިގެ އަސަރު ކުރާނެ ކަމަށް އެންމެ ބޮޑަށް ލަފާ ކުރެވޭނީ މާލޭ އިރުމަތީ ފަރާތުން ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.

ރާއްޖޭގެ ބިންތިރި، އާންމުކޮށް އުދަ އަރާ ރަށްތަކަށްވެސް އުދައިގެ އަސަރު ކުރުންއެކަށީގެންވާތީ، އާންމު ރައްޔިތުން ސަމާލުވެ ތިބުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާދެއްވައެވެ." https://raajje.mv/64185

މިވާއެއްޗެއް ގެޓްވޭތޯ؟